ވަޒީރު އާދަމް ޝަރީފް އުމަރު
ރާއްޖޭގެ ރަށްރަށުގެ ފަތުރުވެރިކަމާއި ސަގާފަތް ދައްކުވައިދިނުމަށް ބޭއްވޭ "ރަށު އެކްސްޕޯ 2025" ގައި ގިނަ ބައިވެރިންތަކެއް ބައިވެރިވެ، ރަށްރަށުގެ ތަފާތު ޚާއްސަކަންތައް ދައްކުވައިދިނުމުގެ މަސައްކަތް ކުރިއަށްދަނީއެވެ.
މި އެކްސްޕޯއަށް ވަނީ ވަޒީރު އާދަމް ޝަރީފް އުމަރު ޒިޔާރަތްކުރައްވައިފައެވެ. މި އެކްސްޕޯގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ރަށު ކައުންސިލްތަކުން، އެ ރަށްރަށުގެ މެހެމާންދާރީއާއި، އާދަކާދައާއި، ސަގާފަތާއި، އަދި ޚާއްސަކޮށް ރީތި ގޮނޑުދޮށްތައް ދައްކުވައިދިނުމަށް ސްޓޯލްތައް ބަހައްޓައިގެން މަސައްކަތް ކުރިއެވެ.
މި އެކްސްޕޯގައި ބެހެއްޓިފައިވާ ސްޓޯލްތަކުގައި ތިބި ފަރާތްތަކުން ވަރަށް ހިތްހެޔޮކަމާއި މެހެމާންދާރީއާއެކު މަޢުލޫމާތު ހިއްސާކޮށް، ޒިޔާރަތްކުރި ފަރާތްތަކަށް އެ ރަށްރަށުގެ ޚާއްސަކަންތައް ކިޔައިދިނެވެ.
މި އެކްސްޕޯގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ "ދަ ޓްރެވަލް ގައިޒް" އިންނެވެ. އެ ފަރާތުން ވަނީ މި އެކްސްޕޯގެ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ރާވައި ހިންގައިދީފައެވެ.
މި އެކްސްޕޯއަކީ ރާއްޖޭގެ ރަށްރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށްރަށުގެ ވަސީލަތްތައް ދައްކުވައިދިނުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމުގައި ބައިވެރިން ފާހަގަކުރެއެވެ.
ކޮމެންޓް