ވަގުތީ މަތީޖާ ދައްކާ ގޮތުގައި ޕީއެންސީއަށް 9 ގޮނޑި

ނަތީޖާ ގުނަނީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގެ 13 ގޮނޑީގެ ތެރެއިން 9 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިއިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް 9 ގޮނޑި، އިދިކޮޅު އެމްޑީޕީއަށް 2 ގޮނޑި، އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް 2 ގޮނޑި ވަނީ ލިބިފައެވެ.

މި އިންތިޚާބުގައި، ނ.ލަންދޫ ކައުންސިލް މެމްބަރުގެ ގޮނޑިއާއި، ލ.ގަމު، ގއ.ކަނޑުހުޅުދޫ، ހދ.ހިރިމަރަދޫ، ތ.ބުރުނީ، ބ.ގޮއިދޫ، ރ.އިންނަމާދޫ (2 ގޮނޑި) އަދި ނ.ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ގޮނޑިތައްވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.

އދ.ހަންޏާމީދުއާއި ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ހދ.މަކުނުދޫ ކައުންސިލްގެ ގޮނޑިއާއި ދ.ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިވަނީ އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކުން ކާމިޔާބުކޮށްފައެވެ.

މިފަހަރު ބައި-އިލެކްޝަން ބޭއްވުމަށް ޖުމްލަ 33 ގޮނޑިއަކަށްވަނީ ހުޅުވާލާފައެވެ. ނަމަވެސް މީގެތެރެއިން 21 ގޮނޑިއަށް އެންމެ ކެނޑިޑޭޓަކު ވާދަކުރުމާއި ގުޅިގެން އެކެނޑިޑޭޓުންވަނީ އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބުކޮށްފައެވެ.

މި އިންތިޚާބު ބާއްވާފައިވަނީ 12 ރަށެއްގައެވެ. އެއީ 2 ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.