ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާއެކު ހެލްތު މިނިސްޓަރު މުހިންމު ބައްދަލުވުމެއް ބާއްވައިފި

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާއެކު ހެލްތު މިނިސްޓަރުއާއެކު

ޖެނީވާގައި ކުރިއަށްދިޔަ (އީބީ) ބައްދަލުވުމުގެ އަރިމަތިން، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރޭސޫސްއާ އެކު މުހިންމު ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހި ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރައްޔިތުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި، "އާންމު ސިއްހަތުގެ ދާއިރާ ހަރުދަނާކުރުމުގައި ޑަބްލިޔުއެޗްއޯގެ ދިގުމުއްދަތުގެ ޕާޓްނަޝިޕާއި ދެމިއޮތް އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެކެވެ."

ޚާއްސަކޮށް ދުޅަހެޔޮ ޤައުމެއް ބިނާކުރުމަށް ސީދާ ގޮތެއްގައި އެހީތެރިވެދޭ މިފަދا އިސްނެގުންތަކުގައި ޑަބްލިއުއެޗްއޯއިން ދެމުންގެންދާ އެއްބާރުލުމަށް ހެލްތު މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.