ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރަމަތި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ރިޔާސީ ބަޔާން އިއްވަވައިދެއްވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިގޮތުން ފުލުހުން ވަނީ ރައީސް ޑރ. މުޢިއްޒު، ރިޔާސީ ބަޔާން އިއްވަވައިދެއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލު ދައްކުވައިދޭ މެޕެއްވެސް އާންމުކޮށްފައެވެ.
އެ ސަރަހައްދުގެ ބޮޑު ބައި ބަންދު ކުރަނީ މާދަމާ ހެނދުނު 7 ޖަހާއިރުން ފެށިގެން ޖަލްސާ ނިމެންދެނެވެ. ރިޔާސީ ބަޔާން އިއްވުން އޮންނާނީ ހެނދުނު 9 ޖަހާއިރު އެވެ.
ފުލުހުން ނެރެފައިވާ ޓްރެފިކް ފްލޯގެ ޗާޓުން ފެންނަ ގޮތުގައި އަމީރު އަހުމަދު މަގުގެ ޖުމްހޫރީ މައިދާނުން ފެށިގެން ހޮޓެލް ޖެންއިން ވަކި ހިސާބަކަށް ބަންދުކުރެ އެވެ. އެ ދެމެދު ހިމެނޭ ސަރަހައްދުން، ބޮޑު ތަކުރުފާނު މަގުން އަމީރު އަހުމަދަށް ވަންނަން ހުރި ހުރިހާ ގޯޅިއެއް ވެސް ބަންދު ކުރާނެ އެވެ.
އަމީރު އަހުމަދު ހިނގުން މަގުން މެދު ޒިޔާރަތް މަގަށް ދާން އޮންނަ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުން މަގު، ނަސްރީން ގޯޅި އަދި މެދު ޒިޔާރަތް މަގުގެ ސަލްޓަން ޕާކުން ފެށިގެން ސޯސަން މަގާ ހަމައަށް ބަންދު ކުރެ އެވެ.
މެދު ޒިޔާރަތް މަގުން ހިތަށް ފިނިވާ މަގަށް ދާން އޮންނަ ހަކުރާ ގޯޅި، ސިއްކަ ގޯޅި، އަބަދަށް ފެހި މަގު ބަންދު ކުރެ އެވެ. އަދި ދަރުމަވަންތަ މަގު ވެސް ބަންދު ކުރެ އެވެ. ހިތަށް ފިނިވާ މަގުން ލިލީ މަގަށް ދާން އޮންނަ އަލިކިލެގެފާނު މަގު އަދި ހުސްނުހީނާ މަގު ވެސް ބަންދު ކުރެ އެވެ.
ލިިލީ މަގުން މެދު ޒިޔާރަތް މަގަށް ދާން އޮންނަ ކުޑަ ތުއްތު ހިނގުން މަގު ވެސް ބަންދު ކުރެ އެވެ. އަލިކިލެގެފާނު މަގުން ލިލީ މަގާ ހަމައަށް ބަންދު ކުރެ އެވެ. ހިތަށް ފިނިވާ މަގުން ފެށިގެން ގޮސް ލިލީ މަގާ ހަމައަށް، ހުސްނުހީނާ މަގު ބަންދު ކުރެ އެވެ.
ކޮމެންޓް