މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އަބްދުއްރަޙީމް
މި ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތައް ހުރުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ބާއްވަން މިއަދު ހުށައަޅައިފިއެވެ.
ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގައި ވަނީ އެކަން ހުށަހަޅުއްވާފައެވެ. ކުރިން އޮތް ގޮތުން ނަމަ، މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރު ހަމަވާނެއެވެ. މި ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތައް ހުރުމުން، މި މަހުގެ 26 ވާ ހޯމަ ދުވަހުގެ ނިޔަލަށް ދައުރު ދަންމާލަން ވޯޓަށް އައްސަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މަޖިލީހުގެ ފުރަތަމަ ދައުރު ނިމުމަކާ ހަމައަށް އައިއިރު މުހިންމު ބިލުތަކެއް ހުށައަޅާފައިވެއެވެ. އަދި ކޮމިޓީ މަރުހަލާގައި ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ކޮމެންޓް