އެކަޑަމީތަކަށް ޖާގައެއްނެތް، ސްޕޯޓް މިނިސްޓްރީ ނިދާފަ : ނަސީރު

ނަސީރު އެކަޑަމީ

ރާއްޖޭގެ ކުޅިވަރު އެކެޑަމީތަކުން ބޭނުންކުރާ އަގުބޮޑު ސާމާނުތައް ރައްކާކުރާނެ ރަނގަޅު ތަނެއް ނެތުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް އެކެޑަމީތަކުން ފާހަގަކުރަމުންދެއެވެ.

ނަސީރު އެކެޑަމީގެ ރައީސް އަދި ހެޑް ކޯޗް ނަސީރު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެކެޑަމީތަކުން ބޭނުންކުރާ ގިނަ ސާމާނުތަކަކީ ރާއްޖެއިން ލިބެން ނުހުންނަ، ބޭރުން އިމްޕޯޓްކުރަންޖެހޭ ތަކެއްޗެވެ. "އެކެޑަމީގެ އެއްޗެހި ބަހައްޓަން ޚާއްޞަ ތަނެއް ނެތުމުން، ދުވާ އެޗު އެނީގައި ހުންނަނީ އެއްޗެހިބަހައްޓާފަ. އޯޕަންކޮށް އޮންނަ ތަނެއްގައި ބަހައްޓަން މިޖެހެނީ. ވަރަށް ގިނަ އެއްޗެހި ގެއްލިފައި އެބަހުރި،"ނަސީރު ވިދާޅުވިއެވެ.

IMG_4361.jpeg

މީގެއިތުރުން، ކުޅިވަރު ދާއިރާގައި ހުރި އެހެން ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ނަސީރު ފާހަގަކުރެއްވި ގޮތުގައި، ޔޫތު މިނިސްޓްރީ އަދި އެސޯސިއޭޝަންތަކުން ކުޅުންތެރިންނަށް އެކަށީގެންވާ ސަމާލުކަމެއް ނުދެއެވެ. "ރިޓަޔަރޑް މީހުންނަށް މެޑަލް ދިނުން ފިޔަވައި ސަރުކާރުން ކޮށްދިންކަމެއް ނެތް. ކުޅިވަރުން ރަންވަނަ ހޯދާފައި ތިބި ބޭފުޅުން މިހާރު ވަރަށް ހާލުގައި އެބަ އުޅޭ،" އޭނާ ވިދާޅުވިއެވެ.

ނަސީރުގެ ވާހަކަފުޅުގައި، ޔޫތު މިނިސްޓްރީގެ ދަށުގައި ހިނގަމުންދާ އެސޯސިއޭޝަންތަކުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު މިނިސްޓްރީއަށް ނޭނގޭކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކުޅިވަރު ދާއިރާ ވަނީ ބޮޑުތަނުން ކޮރަޕްޓްވެފައިކަމަށާއި، މި ދާއިރާ ވެފައިވަނީ ހަމައެކަނި ވެރިންގެ ޖީބަށް ބަރުކުރާ އެއްޗަކަށްކަމަށް އޭނާ ފާޅުކުރެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.