ޓްރެއިނިންގ އެކެޑެމީގެ ފުރަތަމަ ތަމްރީނު
ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރޯޑްމެޕްގެ ދަށުން ގާއިމުކުރަން ނިންމާފައިވާ ޓްރެއިނިންގ އެކެޑެމީގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ރޭގަ ވަނީ ފަށައިފައެވެ.
މި ޕްރޮގްރާމަކީ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ.
މި ކޯސް އިފްތިތާހު ކުރެވިފައިވަނީ ޕާޓީގެ މައި އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޑީޕީގެ ޓްރެއިނިންގ އެކެޑެމީގެ ދަށުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގިނަ ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމަކީ މިއީއެވެ.
އެމްޑީޕީގެ ރޯޑްމެޕްގެ މުހިންމު އެއް ލަނޑުދަނޑިއަކީ ޕާޓީގެ މެންބަރުންނާއި ތާއީދުކުރާ ފަރާތްތަކުގެ ހުނަރުތައް ތަރައްގީކޮށް، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ. މި ކޯހަކީ އެ މަގުސަދު ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ޓްރެއިނިންގ އެކެޑެމީގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު ތަމްރީނު ޕްރޮގްރާމްތައް ފެށުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ސިޔާސީ ތަމްރީނު ޕްރޮގްރާމްތަކާއި، ލީޑަރޝިޕް ޕްރޮގްރާމްތައް ހިމެނެއެވެ.
ކޮމެންޓް