ރައީސް މުއިއްޒުގެ ސިޔާސަތަކީ މޮޔައިން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކައް ރައްދު ދިނުން ނޫންކަން ސާފްވާންވެއްޖެ: އިސްމައިލް

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ބަދަލެއް އަންނަނީ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވިލިގިލި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ ހަރުކަށި ރައްދެއް ދެއްވާފައެވެ.

މި މައްސަލަ ކުރިމަތިވެފައިވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓްގެ އިސް މެންބަރު މުހައްމަދު މަލީހު ޖަމީލު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. މަލީހު ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްގެ މަޤާމަށް ނާޒިމް ވަޑައިގަތުމުގެ ތައްޔާރީތައް ފެށިފައިވާ ކަމަށެވެ.

https://x.com/maleehjamal/status/1886169530629828741?s=46&t=TXuSpvTAejR0Lr_pGUMnWg

މިކަމަށް ރައްދު ދެއްވަމުން މެންބަރު އިސްމާއިލް ވިދާޅުވީ "މުސްކުޅިން ބުނެއުޅޭ ތިމާޔާ ނުބެހޭ ކަންކަމާ ކާޅުކެޔަސް ސޮއްނުގޮވާށޭ" ކަމަށެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ބަދަލުކުރަން ޖެހިއްޖެނަމަ އެކަން ކުރާނީ މަޖިލީހުގެ މެންބަރުން ކަމަށް ވެސް ވިދާޅުވިއެވެ.

https://x.com/mpmohdismail/status/1886561744337952994?s=46&t=TXuSpvTAejR0Lr_pGUMnWg

މެންބަރު އިސްމާއިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޙައްމަދު މުޢިއްޒުގެ ޕީ.އެން.ސީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި ވަރަށް ބަދަހިކޮށް ތިބި ކަމަށާއި، ކުރަންޖެހޭ ކޮންމެ ކަމެއް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކޮށް ނިންމާނެ ކަމަށެވެ.

އަދި ރައީސް މުޢިއްޒުގެ ސިޔާސަތަކީ މޮޔައިން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކަށް ރައްދު ދިނުން ނޫން ކަމަށާއި، ދިވެހި ޤައުމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މެންބަރު އިސްމާއިލް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.