ސްޓެލްކޯ ހެޑް އޮފީސް
މާލޭގެ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ވިދާޅުވެއްޖެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެކުންފުނިން ވަނީ އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައެވެ.
އަދި މިކަމާ ގުޅިގެން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ އިހުލާސްތެރިކަމާއެކު މައާފަށްވެސް އެދިވަޑައިގަންފައެވެ.
ކޮމެންޓް