އެސްޓީއޯ ހެޑް އޮފީސް އިމާރާތް
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ތަފާސް ހިސާބުތައް އެސްޓީއޯގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ އެސްޓީއޯއަށް ވަނީ ލިބިފައެވެ.
މިއީ މީގެ ކުރީ ކުއާޓާއާއި އަޅާ ބަލައިއިރު 7 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، މިއާއިއެކު ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު 8 އިންސައްތަ އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެގޮތުން ޖުމްލަ ފައިދާގެ ގޮތުގައި 637 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯ އިން ވަނީ ފާހަގަކޮށްފައެވެ.
އެސްޓީއޯ އިން ފާހަގަކުރި ގޮތުގައި 2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތިގައި 15 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް މިއީ ކުރީ އަހަރާއި އަޅާބަލައި 6 އިންސައްތައިގެ ދަށްވުމެކެވެ. މިކަމުގެ ސަބަބެއް ކަމުގައި އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވާތީ ކަމަށެވެ.
ކޮމެންޓް