‎ގާނޫނުއަސާސީ ފުނޑާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ފައިސަލް ވިދާޅުވެއްޖެ

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ، ގާނޫނުއަސާސީ ފުނޑާލުމުގެ މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައި ކަމަށާއި، ރައްޔިތުން އިންތިހާބުކުރި މަންދޫބުންނަށް ރައްޔިތުންގެ ހައްގުގައި އެއްވެސް ވާހަކައެއް ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ.

"ފުދިއްޖެ ފުނޑިއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، "މިއަދުގެ ހަގީގަތަކީ ރައްޔިތުން އިންތިހާބު ކުރި މަންދޫބުންނަށްރައްޔިތުންގެ ހައްގުގައި އެއްވެސް ވާހަކައެއް ދެއްކޭނެ އެއްވެސް ގޮތެއް ނެތް"ކަމަށެވެ.

މި ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކާއި އިސްލާހުތައް ގެންނަންވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފުރިހަމަ މިނިވަންކަމާއެކު މަޝްވަރާކުރެވި، ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަޖިލީހުގެ މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ގޮވާލާފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.