އެކައުންޓްތަކުން ފައިސާ ފޭރުމަށް ސްކޭމަރުން އާ އުކުޅެއް

ޗްލޭސް ކޯލް

އެކައުންޓްތަކުން ފައިސާ ފޭރުމުގައި ސްކޭމަރުން އާ އުކުޅެއް ބޭނުންކުރަމުންދާތީ ސަމާލުވުމަށް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވަނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ)ގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރުން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، މަކަރާއި ހީލަތުން އެ ކޯޑު ހޯދައި އެކައުންޓްތައް ހިސޯރުކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނާތީއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް އަކީ އޯޓީޕީގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ އޮތަންޓިކޭޝަން މެތަޑެކެވެ. މި މެތަޑަކީ ގިނަ ކުންފުނިތަކުން މިހާރު ބޭނުންކުރަން ފަށާފައިވާ ގޮތެކެވެ. މި މެތަޑުގައި ކަސްޓަމަރުގެ ފޯނަށް ހިދުމަތްދޭ ކުންފުނިން ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު ހަތަރު އަކުރަކީ އޮތަންޓިކޭޝަން ކޯޑެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ކޯޑަކީ އޯޓީޕީއާ އެއްވަރުގެ ސިއްރު ކޯޑެކެވެ. އެހެންކަމުން މި ކޯޑު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ، އެކައުންޓް ހެކް ކުރުމުގެ ފުރުސަތު ސްކޭމަރުންނަށް ލިބިގެންދާނެއެވެ.

"މި ކޯޑަކީ ވަރަށް މުހިންމު ކޯޑެއް. އެއްވެސް ހާލެއްގައި މި ކޯޑު އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެ. އަދި ކުންފުނިތަކުން ވެސް މި ކޯޑު ފޯނުން އަހާނެކަމަށް ބުނެ ގުޅައިފިނަމަ އެއީ ސްކޭމެއްކަން ޔަގީން," ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ ކޯޑެއް ހޯދުމަށް އެދި ގުޅާ ފަރާތްތަކުގެ މައުލޫމާތު ލަސްނުކޮށް ފުލުހުންނަށް އަންގަން ޖެހޭނެއެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް 119 އަށް ގުޅުމަށް ފުލުހުން އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.