ކެނެޑާގެ ހައި ކޮމިޝަނަރާއި މިނިސްޓަރ ޙައިދަރު ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވައިފި

ކެނެޑާގެ ހައި ކޮމިޝަނަރާއި މިނިސްޓަރ ޙައިދަރު

ކެނެޑާ، ސްރީލަންކާ އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރ އެރިކް ވައަލްސް، މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދާ އިޙްތިރާމްގެ ބައްދަލުވުމެއް ކުރައްވައިފިއެވެ.

ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް ދިވެހި ދަރިވަރުންނަށް ކެނެޑާގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް އިސްކަންދެވުނެވެ. ހައި ކޮމިޝަނަރ ވަނީ އަމަލީ ހުނަރުތައް ދަސްކޮށްދިނުމުގެ މުހިންމުކަމާއި، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމު ކުރިއެރުވުމަށް ކެނެޑާ ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

IMG_4075.jpeg

އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ދާއިރާއިން ކުރެވުނު މަޝްވަރާތަކުގައި، ހުޅުމާލޭގައި ޓީޗިންގ ހޮސްޕިޓަލެއް އަދި ހައްދުންމަތީގައި ޓްރެއިނިންގ ރިސޯޓެއްގާއިމުކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަދެކެވުނެވެ. އަދި ރަށްރަށުގެ ރައްޔިތުންނަށް ދިމާވާ ޚިދުމަތް ލިބުމުގެ ދަތިތަކާއި ޑިޖިޓަލް ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ޑިޖިޓަލް ހައްލުތަކުގެ މުހިންމުކަން ފާހަގަކުރެވުނެވެ.

މިނިސްޓަރ ޢަލީ ޙައިދަރު ވަނީ "ތަޢުލީމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތަކާއި ޓެކްނިކަލް ތަމްރީނުތަކުގައި ކެނެޑާއިން ދެމުންގެންދާ އެހީތެރިކަމަށް"ޝުކުރު އަދާކުރައްވާފައެވެ. އަދި އިޤްތިޞާދީ ބޭނުންތަކާ އެއްގޮތަށް ތަޢުލީމީ ނިޒާމު ބައްޓަންކުރުމަށް ސްޓްރެޓެޖިކް ޕާޓްނަރޝިޕްތަކުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.