ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިރުގެ ވަށައިގެން ދައުރުވަމުންދާ 8 ގުރަހައިގެ ތެރެއިން 5 ގުރަހަ މިރޭ ފެންނަން ހުންނާނެ ކަމަށް ފަލަކީ މާހިރުން ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް މި ގުރަހަތައް ފެންނާނީ އުޑުމަތި ސާފުވެފައި އޮވެއްޖެނަމަ ކަމަށް ރައީސް މައުމޫން ފާހަގަކުރައްވާފައިވެއެވެ. މިފަދަ މަންޒަރެއް ފެނުމަކީ ވަރަށް މަދުން ދިމާވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
https://x.com/maumoonagayoom/status/1883468264807993562?s=46&t=TXuSpvTAejR0Lr_pGUMnWg
ފަލަކީ ކަންކަމަށް ޝައުގުވެރިކަން ބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ރައީސް މައުމޫން، މިފަދަ މުހިންމު މައުލޫމާތުތައް އާންމުންނާ ހިއްސާކުރެއްވުމަކީ އާދަޔަކަށް ވެފައިވާ ކަމެކެވެ.
އިރުގެ ނިޒާމުގައި ހިމެނޭ ގުރަހަތަކުގެ ތެރެއިން މިހާ ގިނަ އަދަދެއްގެ ގުރަހަ އެއްފަހަރާ ފެންނަން ހުރުމަކީ ފަލަކީ ގޮތުން ވަރަށް ޚާއްސަ ހާދިސާއެއް ކަމުގައި ފަލަކީ މާހިރުން ފާހަގަކުރައްވައެވެ.
ކޮމެންޓް