މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަހަރު ފަށައިގެން ކުރިއަށްގެންދާ ސީ ޓު އެއާ ކާގޯ ޚިދުމަތުން މިހާތަނަށް 1،078 ޓަނަށްވުރެ ގިނަ މުދާ ބަލައިގަނެ، ޚިދުމަތް ދީފައިވާކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެމްޕީއެލްއިން ދެއްވާފައިވާ މައުލޫމާތުގައިވާ ގޮތުން، 2024 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 258 ޓީއީޔޫގެ (ޓްވެންޓީ ފޫޓް އިކުއިވަލަންޓް ޔުނިޓް) މުދާ އެ ކުންފުނީގެ ސީ ޓު އެއާ ކާގޯ ޚިދުމަތުގެ ދަށުން ބަލައިގަނެފައިވެއެވެ.
ސީ ޓު އެއާ ކާގޯ ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ ވައިގެމަގުން ރާއްޖެއިން ބޭރަށް ފޮނުވުމަށް ފަސޭހަކޮށްދިނުމަށް އެމްޕީއެލްއިން ތައާރަފުކޮށްފައިވާ އައު ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް މުދާ އެކްސްޕޯޓްކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އެމްޕީއެލްގެ މި ޚިދުމަތް ކާމިޔާބުކަމާއެކު ކުރިއަށްދިއުމަކީ ރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދަށް ލިބިގެންދާ ކުރިއެރުމެއްކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެމްޕީއެލްއިން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް