ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހާދިސާ ހިނގައިފައިވާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލެ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި އެންސިސްގެ ގުދަނެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 18:48 ގައެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުން ވެސް ސަރަހައްދަށް ޙާޟިރުވެ، އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދެއެވެ.

މި ވަގުތާ ހަމައަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަން ނުވަތަ ގެއްލުން ލިބިފައިވާ މިންވަރުގެ އިތުރު ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

އެންސިސްއަކީ ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. އަދި މި ކުންފުނިން ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ގިނަ ގުދަންތަކެއް ބަހައްޓައިގެން ވިޔަފާރި ހިންގަމުން ގެންދެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.