މަސް ދޯނި
މިނިސްޓްރީ އޮފް ފިޝަރީޒްއިން މަސްވެރިކަން ކުރާ 98 އުޅަނދަކަށް 5.3 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ އެމްވީއާރު ކްރެޑިޓް ކޮށްފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ފައިސާ ކްރެޑިޓް ކޮށްފައިވަނީ 23 ޖެނުއަރީ 2025 ގައި ބަރުކޮށްފައިވާ މަސްތަކަށް ކަމަށެވެ. އަދި މި ފައިސާ ކްރެޑިޓް ކުރުމުގެ މަސައްކަތް 25 ޖެނުއަރީ 2025 ގެ ނިޔަލަށް ނިންމާލެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މަސްވެރިންނަށް އެމްވީއާރުގެ ގޮތުގައި ފައިސާ ދޫކުރަމުން ގެންދަނީ، މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި މަސްވެރިންގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މަސްވެރިންނަށް އެމްވީއާރުގެ ފައިސާ ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް