ރައީސްގެ މާލީ ބާރުތައް ހަނިކުރަން ކުރީގެ އުނގޫފާރު މެންބަރު ގޮވާލައްވައިފި

ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަތުން މާލިއްޔަތު މިނިވަންކޮށްގެން ނޫނީ ދައުލަތް ދަރަނިން ސަލާމަތެއް ނުކުރެވޭނެ ކަމަށް ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވަޙީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މާލިއްޔަތަށް އޮންނަ ބާރަކީ "އަލާއުއްދީނުގެ ވޮއްގަނޑަށް އޮންނަފަދަ ބާރަކަށް ވެގެން ނުވާނެ" ކަމަށެވެ.

https://x.com/waddey_/status/1882441165699719210?s=46&t=TXuSpvTAejR0Lr_pGUMnWg

ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްރަށުގެ ބިންތައް ކައުންސިލްތަކާ ހަވާލުކޮށްފައި ވީނަމަވެސް، އަދިވެސް އެންޓަނާ ބިމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮތް ކަމަށް ވަޙީދު ފާހަގަކުރެއްވިއެވެ. އަދި 5 މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ޤާނޫނުން ކައުންސިލްތަކާ ހަވާލުކޮށްފައި ވީނަމަވެސް، ކުޑަކުދިންގެ ޕާކާއި ފުޓްސަލް ދަނޑު ފަދަ ކަންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮންނަ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ފުޓްސަލް ދަނޑު އެޅުމަށް އެދޭ ކުދިންނަށްވުރެ ބޮޑަށް، އެފަދަ ވައުދުތައް ވެވަޑައިގަންނަވާއިރު ރައީސުލްޖުމްހޫރިއްޔާ އެކްސައިޓްވެވަޑައިގެން ހުންނަވާ މިންވަރު ފެނިވަޑައިގަންނަވާތީ އަންތަރީސްވެ ވަޑައިގަންނަވާ ކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.