އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އަލުން ފެށުމަށް އޭނާގެ ގައުމު ތައްޔާރަށް އޮތް ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދާއެކު ޣައްޒާގައި ހަމަލާތައް އަލުން ފެށުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށް ވިދާޅުވެ، އާދީއްތަ ދުވަހުގެ ރޭ 08:30 ގައި ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.
ނަތަންޔާހޫ ވަނީ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު މަރާލުން ހިމެނޭ ގޮތަށް އިސްރާއީލުގެ އަސްކަރީ ކެމްޕޭންގެ ކާމިޔާބީއަށް އަލިއަޅުވާލައްވައި، ހަމާސް މިހާރު އެކަހެރިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 1،890 ގައިދީންގެ ބަދަލުގައި ހަމާސްއިން 33 ރަހީނުން ދޫކޮށްލާނެ އެވެ. ދެވަނަ މަރުހަލާއާ ބެހޭ މަޝްވަރާތަކުގެ މަގުސަދަކީ ބާކީ ތިބި ރަހީނުން ދޫކޮށްލުމާއި، އިތުރު ގައިދީން ބަދަލުކުރުމާއި، އިސްރާއީލުގެ ސިފައިން އަނބުރާ ގެންދިއުމެވެ. ތިންވަނަ މަރުހަލާގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޣައްޒާ އަލުން ބިނާކުރުމަށް ކަމަށާއި، މިއީ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
ހަނގުރާމަ ހުއްޓާލި ނަމަވެސް އިސްރާއީލުގެ ވައިގެ ހަމަލާތައް ކުރިއަށް ދިޔައިރު، އެއްބަސްވުން އިއުލާން ކުރި ފަހުން 120 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ޓެލް އަވީވްގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ސަރުކާރުން އިސްކަންދިނުމަށް ގޮވާލާފައިވާއިރު، އެއްބަސްވުމުގެ ދިގުދެމިގެންދާތީ ރަހީނުކޮށްފައިވާ އާއިލާތަކުގެ މެދުގައި ހާސްކަން އުފެދިފައިވެ އެވެ.
7 އޮކްޓޯބަރު 2023 ގައި ހަމާސްއިން ދިން ހަމަލާގެ ސަބަބުން އުފެދުނު މި ހަމަނުޖެހުމުގައި ޣައްޒާގައި ގިނަ ބަޔަކު މަރުވެ ގެދޮރު ގެއްލިފައިވާއިރު، 46،899 އަށް ވުރެ ގިނަ މީހުން މަރުވެ، ޒަރޫރީ ތަކެތީގެ ދަތިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފަ އެވެ.
ކޮމެންޓް