އަބްދުﷲ ޝާހިދު
ވޯޓުލުމުގެ އުމުރު 21 އަހަރަށް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިރޭ ބޮނޑިބަތް ޕާކުގައި ބޭއްވުނު މާފަންނު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، 18 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުންގެ ޚިޔާލު ހޯދުމުގެ ނަމުގައި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިއީ ވަރަށް ނުރައްކާތެރި ކަމެއް. 18 އަހަރު ފުރި 21 އަހަރު ނުފުރޭ ޒުވާނުން މިކަމާ ދެކޮޅަށް އަޑު ނުއުފުލައިފިނަމަ، ދެން އަންނާނީ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނުއަސާސީ އަށް މި ބަދަލު ގެނައުން،" ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ސިނގިރޭޓާ ގުޅޭގޮތުން ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަކަރަށް ޖެހުން ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
ވޯޓުލުމުގެ އުމުރު 21 އަހަރަށް ބަދަލުކުރުމަކީ ޒުވާނުންގެ އަސާސީ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ފާޅުގައި ފާޑުކިޔަމުންނެވެ.
ކޮމެންޓް