ބިންގާ އެޅުމުގެ ރަސްމީއަތުގެ ތެރެއިން
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން ރ. އިންނަމާދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
އިންނަމާދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ.
ސަރުކާރުން ކައުންސިލްތަކުގެ އިދާރީ ޢިމާރާތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލް އިދާރާއެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ކައުންސިލް އިދާރާތަކަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ދެވޭނެ ފެންވަރުގެ ޢިމާރާތްތަކެއް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ކޮމެންޓް