ކަސްޓަމްސް
ރާއްޖެއަށް ގެނައި ރޯލިންގ ޓޮބޭކޯ ޝިޕްމަންޓްތަކެއް ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު ދޫކޮށްލި ކަމަށް މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރުތަކާ ގުޅޭގޮތުން ކަސްޓަމްސްއިން މިއަދު މަޢުލޫމާތު ދީފިއެވެ.
ކަސްޓަމްސްއިން ބުނީ އެއިދާރާއަކީ ތަންފީޒީ އިދާރާއެއްކަމަށްވާތީ، ކަސްޓަމްސްއިން ހިފަހައްޓާނީ ޤާނޫނަކުން ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ތަކެތި އެކަނި ކަމަށެވެ.
އިތުރަށް ކަސްޓަމްސްއިން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއްވެސް ކުލިއަރކުރާ މަރުހަލާގައި، ކަސްޓަމްސްއިން ބަލަންޖެހޭ އެކި އެކި ބެލުންތައް ބަލައެވެ. އަދި އެމުދަލެއް ޤާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެމުދަލެއް ދޫކުރަމުން ގެންދާނެއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ވަނީ، ރާއްޖެއަށް އެތެރެކުރާ މުދާ ދޫކުރުމުގައި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދާ ކަމަށެވެ.
ކޮމެންޓް