އެމްއެމްޕީއާރުސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޤައުމުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގައި ބައިވެރިވުމަށް ކުރާ ޚަރަދުކުޑަކޮށް، ޑިޖިޓަލް ކެމްޕެއިންތައް އަންނަ އަހަރު އިތުރު ކުރާނެކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ، އެމްއެމްޕީއާރްސީން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އަބްދުﷲ ޤިޔާސް ވިދާޅުވީ އަންނަ އަހަރު އެ ކުންފުނިން އެންމެ ބޮޑު އިސްކަން ދޭނީ އޮންލައިން ޑިޖިޓަލް ކެމްޕެއިންތަކަކަށް ކަމަށެވެ.
"މީގެ ކުރިން އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ، ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންގެ ވަސީލަތްތަކުގެ 80 އިންސައްތަ މި ބޭނުންކުރެވޭނީ ޓްރެވެލް ޓްރޭޑް ފެއަރތަކަށް. މިއަންނަ އަހަރު އަޅުގަނޑުމެން ބޮޑަށް އިސްކަން މިދަނީ ޑިޖިޓަލީ ޑްރިވެން ކެމްޕެއިންތަކަކަށް. އެޑްވަޓައިޒިން ވައިރަލް ކެމްޕެއިންސް، ބީ ޓު ސީ ނެޓްވޯކިން އިވެންޓްސް އިންޓަނޭޝަނަލް އެއަރލައިންތަކާއި ބްރޭންޑްސް ތަކާއި ކޮލާބޮރޭޓް ވެގެން" ޤިޔާސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ "އޮންލައިން މިނީ ކެމްޕެއިނެއް" ދާދިފަހުން ކުރިއަށް ގެންދިޔަ ކަމަށާއި އެ ކެމްޕެއިން ތެރެއިންވެސް 22 މިލިއަން އިމްޕްރެޝަން އެއްމަސް ދުވަހުގެ ތެރޭގައި ލިބިގެންދިޔަކަމަށެވެ. އެ ކެމްޕެއިންގެ ކަމީޔާބީއަށް ބިނާކޮށް، މީސް މިޑިއާގެ އެކި މަންސަތަކާއި ބުކިން ޕްލެޓްފޯމްތަކާއި ގުޅިގެން މާކެޓިން ކެމްޕެއިންތައް ކުރިއަށް ގެންދަން ރޭވިފައިވާކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ، ދިވެހިރާއްޖޭގެ މައުލޫމާތު ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު ބަލާކަމަށާއި ނަމަވެސް އޭގެ ތެރެއިން ރާއްޖެ ޒިޔާރަތްކުރަނީ އެންމެ 2 އިންސައްތަ ފަތުރުވެރިކަން ކަމަށެވެ. މިއާއެކު ކޮންމެ ސަރަހައްދެއްގައިވެސް އިތުރަށް މާކެޓު ކުރުމަށް ކުރެވޭނެ ކަންކަން ބަލާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ޤިޔާސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޑިޖިޓަލް ކެމްޕެއިންތަކަށް އިސްކަން ދިނުމުގެ ސަބަބުން އެމްޕީއާރްސީން ފެއަރތަކަށް ކުރާ ޚަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށެވެ.
ކޮމެންޓް