މާލެ ގެއެއްގައި ރެނދުލައިފި
ކައުންސިލުން ބުނީ ގޭގައި ރެނދުލައި މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ މ. ލަކީ ހެވަންއިން ކަމަށެވެ.
އެ އިމާރާތުގައި ރެނދު ލާފައި ވަނީ ޖެހިގެން ހުރި މ. ނެވިގޭޓާ އިމާރާތް ކުރަމުން ދިޔައިރު ޝީޓް ޕައިލްނުކޮށް ހުރުމުގެ ސަބަބުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ހަތަރު ކޮޓަރިއެއްގައި ހަތަރު އާއިލާއެއް ދިރިއުޅެމުންދާ އެ ގެއިން 18 އަހަރުން ދަށުގެ 3 ކުދިންނާއި 6 މީހުން ދިރިއުޅޭ ކަމަށް ވެއެވެ. އަދި އަނެއް ދެ ބައިގައި ބޭރު މީހުން ދިރިއުޅޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
މާލެސިޓީ ކައުންސިލުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ. މިކަން ފާހަގަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ކޮމެންޓް