ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އަލަށް ވަޒީފާ ދެވުނު މުވައްޒަފުންނާ އެ އިދާރާގެ ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ އާއި ސީނިއަރ މެނޭޖްމަންޓް މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް ވަނީ އަލަށް ވަޒީފާއަށް ނެގުނު މުވައްޒަފުންނަށް ހޫނު މަރުހަބާ ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތަމްރީން ޕްރޮގްރާމްތަކުގައި އަޒުމާއި ޑިސިޕްލިން އަދި ފޯރިއާއެކު ބައިވެރިވުމަށް އިލްތިމާސްކުރައްވާފައި ވެއެވެ.
ކަސްޓަމްސްގެ މަސައްކަތްތަކަކީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު މަސައްކަތްތަކެއް ކަމަށްވުމާއެކު، އަލަށް ވަޒީފާއަށް ނެގޭ މުވައްޒަފުންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަކީ އެ އިދާރާއިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.
އަލަށް ވަޒީފާ ދެވުނު މުވައްޒަފުންނަށް ހިންގޭ ތަމްރީން ޕްރޮގްރާމްތަކުގައި ކަސްޓަމްސްގެ މަސައްކަތްތަކާ ގުޅޭ ޢަމަލީ އަދި ނަޒަރީ މަޢުލޫމާތު ދެވޭނެ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.
ކޮމެންޓް