ބީ.ސީ.ސީ ގެ މަޝްވަރާ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ބެލުމުގެ ދަށުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން އިންތިޒާމުކޮށްގެން 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" އާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ އަންނަ އަހަރު ބޭއްވުމަށް ރޭވިފައިވާ މައުރަޒުގެ ތައްޔާރީތައް ފެށުމުގެ ގޮތުން ބޭއްވުނު ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި މައުރަޒު ރާވައި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކާއި، މައުރަޒުގެ މަޤްޞަދުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިން އެއްތަނަކަށް ޖަމާކޮށް، އެފަރާތްތަކުގެ އުފެއްދުންތައް ޢާންމުންނަށް ދެއްކުމާއި، ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ބާއްވާ މުހިންމު މައުރަޒެކެވެ.
މި މައުރަޒުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ލިބި، ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބީ.ސީ.ސީ އިން ފާހަގަކުރެއެވެ.
ކޮމެންޓް