ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރ. ވާދޫ އައިލެންޑް ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ މެންބަރުންނާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ވާދޫ ކައުންސިލްގެ ސެކްރެޓޭރިއަޓްގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. ޚާއްޞަކޮށް ރަށުގެ އެންމެ އިސްކަންދޭންޖެހޭ ދާއިރާތަކާއި، މިވަގުތު ކުރިއަށްދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައީސް މުއިއްޒާ ހިއްސާކުރެވުނެވެ.
ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ހުށަހަޅާފައިވާ އައު މަޝްރޫޢުތަކާއި، މުޖުތަމަޢުގެ މުހިންމު ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ. އަދި މި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާކަން ފާހަގަކުރެވެއެވެ.
މީގެއިތުރުން، ރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވެސް ވަނީ އެ ކޮމިޓީގެ މަސައްކަތްތަކާއި ކުރިމަގުގެ ޕްލޭންތައް ރައީސް މުއިއްޒާ ހިއްސާކޮށްފައެވެ.
ކޮމެންޓް