ލިބުނު މޮޅާއެކު ރެއަލް މެޑްރިޑް ލާލީގާގެ އެއްވަނައަށް

ކިލިއަން އެމްބާޕޭ

ކިލިއަން އެމްބާޕޭ ޖެހި 2 ލަނޑާއެކު ރެއަލް މެޑްރިޑް ވަނީ ލާސް ޕަލްމާސް އަތުން 4-1 ން މޮޅުވެ ލާލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަރާފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖެހި ކުރިއަށް ދިޔަ ލާސް ޕަލްމާސްގެ ލީޑު ނަގާލުމަށްފަހު ރެއަލް މެޑްރިޑުން ވަނީ ފަހުން ޖެހި 4 ލަނޑާއެކު މެޗް ކޮންޓްރޯލް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ލާސް ޕަލްމާސްގެ ފާބިއޯ ސިލްވާއެވެ. ނަމަވެސް ގިނަ އިރެއް ނުވަނީސް ރޮޑްރީގޯއަށް ސަންޑްރޯ ރަމިރެޒް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެއް އެމްބާޕޭ ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ.

އޭގެ ފަހުން ލޫކާސް ވާސްކެޒްގެ ޕާހަކުން ބްރަހިމް ދިއާޒް ޖެހި ލަނޑާއެކު ރެއަލް މެޑްރިޑް ކުރިއަށް ދިޔައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމްބާޕޭ ޖެހި ފުރިހަމަ ލަނޑަކާއެކު ރެއަލް މެޑްރިޑް ވަނީ މެޗް ފުރިހަމައަށް ކޮންޓްރޯލް ކޮށްފައެވެ.

ދެވަނަ ހާފުގައި ފްރާން ގާސިއާގެ ޕާހަކުން ރޮޑްރީގޯ ޖެހި ލަނޑާއެކު ރެއަލް މެޑްރިޑްގެ ލީޑު އިތުރަށް ފުޅާވިއެވެ. މީގެ އިތުރުން ދެވަނަ ހާފުގައި ލާސް ޕަލްމާސްގެ ބެނިޓޯ ރަމިރެޒް ވަނީ ވާސްކެޒްއަށް ހަރުކަށި ފައުލެއް ކުރުމުން ރަތް ކާޑު ދައްކާ މައިދާނުން ބޭރުކޮށްފައެވެ.

މި މޮޅާއެކު ރެއަލް މެޑްރިޑް ވަނީ އެޓްލެޓިކޯ މެޑްރިޑްއަށްވުރެ 2 ޕޮއިންޓް އިސްކޮށް ލާލީގާގެ އެއްވަނައަށް އަރާފައެވެ. މި މެޗުގައި އެމްބާޕޭގެ ހެޓްރިކް ލަނޑެއްގެ އިތުރުން އިތުރު 2 ލަނޑު ވަނީ އޮފްސައިޑްގެ ސަބަބުން ބާތިލްކޮށްފައެވެ. އަދި އިނގިރޭސި މިޑްފީލްޑަރު ޖުޑް ބެލިންގަމްއަށްވެސް ވަނީ ގިނަ ފުރުސަތުތަކެއް ގެއްލިފައެވެ.

ރެއަލް މެޑްރިޑްގެ ކުރިއަށް އޮތް މެޗަކީ ޗެމްޕިއަންސް ލީގުގައި ރެޑް ބުލް ސަލްޒްބާގާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.