ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ފެށޭ 2025 ވަނަ އަހަރާ ދިމާކޮށް ބީއެމްއެލް 5 ދުވަހަށް ބަންދު ވާނެ ކަމަށާއި އެގޮތުން 31 ޑިސެމްބަރުން ފެށިގެން ޖެނުއަރީ 5 ގެ ނިޔަލަށް ބީއެމްއެލް ބަންދު ވާނެ ކަމަށެވެ.
ނަމަވެސް ބީއެމްއެލް އިން ބުނީ މި މުއްދަތުގައިވެސް އޭޓީއެމްތަކާއި އިންޓަނެޓު ބޭންކިން އަދި ކޯލް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
މި ދޭތެރޭގައި ބޭންކުގެ ބްރާންޗުތަކުން ހިދުމަތް ނުލިބޭނެތީ ކަސްޓަމަރުން ސަމާލުވެ ތިބުމަށްވެސް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އާ އަހަރާ ދިމާކޮށް ބީއެމްއެލް އިން ކޮންމެ އަހަރަކުވެސް 5 ދުވަހުގެ ބަންދެއް ނަގައެވެ.
ކޮމެންޓް