ޑީބީއެމްއާ ގުޅޭ ގޮތުން ވަޒީރު ސައީދަށް އަމްރު ރައްދު ދެއްވައިފި

ހުސެއިން އަމްރު

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު އަލްފާޟިލް މުހައްމަދު ސައީދަށް، ކުރީގެ އެސްޓީއޯ އެމްޑީ އަލްފާޟިލް ހުސެއިން އަމްރު ރައްދު ދެއްވައިފި އެވެ.

އަމްރު ވިދާޅުވި ގޮތުގައި ބޭންކިންގ ލައިސަންސަށް ހުށަހަޅާއިރު، އެސްއޯޕީ އާއި އޮނިގަނޑު ފޯރުކޮށްދިނުމުގެ އިތުރުން މީހުން ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ. އަދި މި ހުރިހާ ކަމެއް ޑީބީއެމްއަށް ފޯރުކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

https://x.com/husenamr/status/1881075469556252996?s=46&t=TXuSpvTAejR0Lr_pGUMnWg

"އަޅުގަނޑު އަޑުއަހަނީ ކުރިން ރައުސުލްމާލު ހޯދުމަށް އެއްވެސް މަގެއް ހޯދިފައި ނުވަތަ ރޭވިފައި ނުވާހެން. މި ރަނގަޅު ޕްލޭނިންގ އާއި ދުރުވިސްނުން ނެތުމުގެ ޒިންމާ 'ކުރީ ސަރުކާރު' ގެ މައްޗަށް އުފުލުމަކީ މިހާރު އެކަން ކަނޑާލާނެ ކަމެއް ނޫން،" އަމްރު ވިދާޅުވި އެވެ.

އަމްރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން ބޭނުންވަނީ ނަތީޖާ އެވެ. އަދި ބަހަނާ ދައްކަން އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަމްރު މި ވާހަކަތައް ދައްކަވާފައިވަނީ ވަޒީރު ސައީދު ކުރެއްވި ޕޯސްޓެއްގެ ރައްދުގައެވެ. ޑީބީއެމްގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، މި މައްސަލައިގައި ސަރުކާރުން އަވަސް ހައްލެއް ހޯދުމަށް ރައްޔިތުން ގޮވާލަމުން ދެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.