އާންމު ސަރަހައްދުތަކުގައި އެއްވެ އުޅޭ ބިދޭސީން މޮނިޓަރ ކުރުމުގެ ފަށައިފި

މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތުގެ ތެރެއިން

އާންމު ސަރަހައްދުތަކުގައި އެއްވެ އުޅޭ ބިދޭސީން މޮނިޓަރ ކުރުމުގެ ގޮތުން އިއްޔަ ހަރަކާތެއް ކުރިއަށްދިއަ އެވެ.

އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީން މޮނިޓަރ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތުގެ ދަށުން އިއްޔެ ހަވީރު މާލޭގެ ތިން ސަރަހައްދެއްގައި އެ އިދާރާގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ ހަރަކާތްތެރިވެފައެވެ.

IMG_4072.jpeg

މި ގޮތުން އޮފިސަރުން ހަރަކާތްތެރިވި ސަރަހައްދުތަކުގެ ތެރޭގައި ހީނާމާގޭ ޕާކިންގ ސަރަހައްދާއި، ޒިކުރާ މިސްކިތް ހުންނަ ސަރަހައްދު އަދި ބޮނޑިބަތް ޕާކު ސަރަހައްދު ހިމެނެއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ، ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެއެވެ.

ފާއިތުވި އަހަރުތަކުގައިވެސް މިފަދަ ހަރަކާތްތައް އިމިގްރޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބިދޭސީންގެ ވިސާގެ ކަންކަން ގަވާއިދުން ބެލެހެއްޓުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.