އެޗްޑީސީގެ ޓީމް
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި އައު ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ފަށާފައެވެ.
މި ޕާކަކީ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މުނިފޫހިފިލުވުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަރައްޤީކުރެވޭ ޕާކެކެވެ. މި ޕާކުގެ މަސައްކަތް ކުރިއަށްދަނީ އެޗްޑީސީގެ ޓީމުގެ ބެލުމުގެ ދަށުންނެވެ.
ހުޅުމާލޭގެ ދިރިއުޅުމުގެ ވެށި އިތުރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެޗްޑީސީގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން ޕާކުތަކާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރުމަކީ ކުންފުނީގެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، މި ސަރަހައްދުގައި މިފަދަ ޕާކެއް ތަރައްޤީކުރެވުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް