މިނިސްޓަރ އިހުސާން
މި މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ މި ވަގުތު މަޖިލީހުގައި ތަމްސީލުކުރާ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާ އެކުގައެވެ.
އެމްޑީޕީން އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ. އިދިކޮޅުން ހުށަހެޅި މި މައްސަލައިގައި ބުނީ، ވަޒީރުންގެ މިނިސްޓަރު އިހުސާން ވަނީ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއް ކޮށް، ގާނުނުތަކާ ހިލާފުވެފައި ކަމަށެވެ.
ކޮޅުން ހުށަހެޅި މި މައްސަލައިގައި ބުނީ، ވަޒީރުންގެ މިނިސްޓަރު އިހުސާން ވަނީ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއް ކޮށް، ގާނުނުތަކާ ހިލާފުވެފައި ކަމަށެވެ.
އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް، އެ ކަން ހުއްޓުވައި، ބިދޭސީންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބެލްކު ލިސްޓުވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި ކަމަށް ބުނެފައި ވެއެވެ. އެ ސިސްޓަމް ތަރައްގީ ކުރި ރާއްޖޭގެ ސިސްޓަމް މެދުވެރިކޮށް ހަރަދު ކުޑަކޮށް އެކަން ކުރެވެން އޮއްވައި، އެ ސިސްޓަމް ހިންގަން ބެސްޓިނެޓާ ހަވާލު ކުރުމަކީ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭ ގޮތަށް އަމަލުކުރުން ކަމަށާއި އެއީ ގާނޫނުލް އުގޫބާތުގެ 517 ވަނަ މާއްދާގައި ބުނާ ޖިނާއީ ކުށުގެ އަމަލެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ކޮމެންޓް