ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ހއ. ހޯރަފުށީގެ ދެ ގެއަކަށް, ށ. ފީވަކުގެ ފަސް ގެއަކަށް އަދި ށ. ނޫމަރާގެ ފަސް ގެއަކަށް ވެސް ފެން ވަދެ ގެއްލުންވެފައިވޭ
ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެ، 57 ގެއަކަށް ރޭ ފެންވަދެގެން އެކި ވަރުގެ ގެއްލުންތައް ވެއްޖެއެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ ކުޅުދުއްފުއްޓަށް ކަމަށެވެ. އެގޮތުން އެ ސިޓީގެ 57 ގެއަކަށް ފެންވަދެ ތިން ގެއަކުން މީހުން ބަދަލުކުރި ކަމަށް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.
މީގެއިތުރުން ހއ. ހޯރަފުށީގެ ދެ ގެއަކަށް, ށ. ފީވަކުގެ ފަސް ގެއަކަށް އަދި ށ. ނޫމަރާގެ ފަސް ގެއަކަށް ވެސް ފެން ވަދެ ގެއްލުންވެފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވެއެވެ.
މޫސުން ގޯސްވެ، ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ރޭ އުތުރުގެ އަތޮޅުތަކަށް އޮރެންޖު ސަމާލެއް ވެސް ނެރުނެވެ.
ކޮމެންޓް