މިނިސްޓަރު އިހްސާން މަގާމުން ވަކިކުރުމަށް އެމްޑީޕީއިން ގޮވާލައިފި

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހޯމް މިނިސްޓަރު އަލީ އިހްސާން މަގާމުން ވަކުކުރުމަށް އިދިކޮޅު ޕާޓީ އެމްޑީޕީއިން ގޮވާލައިފިއެވެ.

އެމްޑީޕީއިން އިއްޔަ ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަ ނޫން ފޯމުތައްކެއް ހުށަހަޅާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ވެރިންނަށް، ޕީއެންސީގެ އަމިއްލަ އިއުތިރާފުން ޝައްކެއް ނެތް މިންވަރަށް ޔަގީންވެފައިވާ ކަމަށެވެ.

އެއީ ވަޒީރުންގެ ހުވަޔާ ހިލާފު ކަމެއް ކަމަށާއި މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ މިނިސްޓަރު އިހުސާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް އެމްޑީޕީއިން ބުނެއެވެ.

އެމްޑީޕީއިން ވަނީ މިނިސްޓަރު އިހްސާންގެ މި މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާފައެވެ. އަދި ފުލުހުންގެ އިދާރާގެ ކަންކަން ބެލެހެއްޓުމުގެ މަގާމުގައި އިހްސާން ހުންނެވުމާއެކު މި މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކުރުމަކީ މުސްތަހީލު ކަމަކަށް ވާތީ، މި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ކަށަވަރު ކުރުމަށްޓަކައި، މިނިސްޓަރު އިހުސާނު މަގާމުން އެކަހެރިކުރުމަށް ވެސް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.