ފުލުހުން
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ނިމިދިޔަ 2024 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 15،514 އުޅަނދު ޓޯކޮށް، 7،606 އުޅަނދާ މެދު ފިޔަވަޅު އަޅާފައެވެ.
ފުލުހުން މިހާތަނަށް ޓޯކޮށްފައިވަނީ:
11،645 ސައިކަލު
2،567 ކާރު
478 ޕިކަޕު
369 ވޭން
87 ޓްރަކް
ފުލުހުން ބުނެފައިވަނީ 546 އުޅަނދެއް ނައްތާލާފައިވާކަމަށާއި އަދި 13،562 އުޅަނދު ވެރިފަރާތާއި ހަވާލުކުރެވިފައިވާކަމަށެވެ.
ތަފާސްހިސާބުތަކުން ހާމަވާގޮތުގައި ފުލުހުން ވަނީ ޖުމްލަ 73،953 އުޅަނދު ޗެކްކޮށް، 66،347 މީހަކަށް ނަސޭހަތްދީފައެވެ. ފުލުހުން ބުނީ ނުރައްކާތެރިކޮށް ދުއްވި ކަމުގެ 293 މައްސަލައެއް މިދިޔަ އަހަރު ފުލުހުން ބަލާފައިވާ ކަމަށާއި އެއީ ދެ ފުރޮޅުލީ 271 އުޅަނދު އަދި ހަތަރު ފުރޮޅުލީ 22 އުޅަނދު ކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނީ ލައިސެންސް ނެތި ދުއްވި 2138 އުޅަނދެއް ހިފަހައްޓާފައިވާކަމަށާއި އެއީ ދެ ފުރޮޅުލީ 2005 އުޅަނދު އަދި ހަތަރު ފުރޮޅުލީ 133 އުޅަނދު ކަމަށެވެ.
ކޮމެންޓް