އެސްޓޯނިއާ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ.
ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް އެސްޓޯނިއާގެ އިއްޒަތްތެރިން މަރުހަބާ ވިދާޅުވެ ދިވެހި ވަފުދުގެ ބޭފުޅުން ރައީސް އަލާރްއަށް ވެސް ތައާރަފުކޮށްދެއްވި އެވެ. ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، ގަނޑުވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސޮއިކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަ ސެކިއުރިޓީ، އީ-ގަވާނަންސް، މޫސުމީ ބަދަލުތަކާއި ތައުލީމީ ދާއިރާއިން ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެއެވެ.
ކޮމެންޓް