ސަސްޕެންޑް ކޮށްފައި ހުންނެވި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދީފި

ފަޒުލް

ސަސްޕެންޑް ކޮށްގައި ހުންނެވި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދީފިއެވެ.

މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއްދީ، ވިއްކާލި މައްސަލަ ފެންމަތިވުމާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާގެ ފޭސްބުކް ޕޭޖުގައި ފަޒުލް ވަނީ ރައީސް މުއިއްޒުއަށް އެޑްރެސްކޮށް ފޮނުވި އިސްތިއުފާގެ ސިޓީ އާންމުކޮށްފަ އެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ބެލެނިވެރި އިދާރާ ކަމަށްވާ ޕްރައިވަޓައިޒޭޝަން ބޯޑުން ފަޒުލްގެ އިސްއިތުފާއާ ގުޅޭ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

އޭނާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އެޗްޑީސީން ނިންމާފައިވާ ހުރިހާ ނިންމުމަކީ ވެސް ކުންފުނީގެ ޕޮލިސީތަކުގެ އިމުގެ ތެރެއިން އެޗްޑީސީގެ މަސްލަހަތު އިސްކޮށްގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ފަޒުލްގެ ސިޓީގައި ލިޔެފައިވެ އެވެ.

IMG_3048.jpeg

"ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމުގައި ދަންނަވަން. އަޅުގަނޑު އެދެނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުމެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެމެވެ," ފަޒުލްގެ ސިޓީގައި ލިޔެފައިވެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.