އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ މުބީން
ބޯޑް މީޓީންގައި ތާސް ކުޅޭނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަސަން ކުރުސީގެ އެކައުންޓުން ފާޑުކިޔުމުން އެ ކުންފުނީގެ ޑިރެކްޓަރު ހުސައިން ޝަރީފް ރައްދު ދެއްވައިފިއެވެ.
ޕޯސްޓަށް ރައްދު ދެއްވައި ހުސައިން ޝަރީފް ވިދާޅުވީ، މިއީ އެ ކުންފުނިޣެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ޑިގު މުބާރާތެއް ކަމަށެވެ.
އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުންފުނީގެ ހެޑް އޮފީހާއި ރީޖަނަލް އެއާޕޯޓްސްތަކުގައި ވަނީ އެކި ހަރަކާތްތައް ހިންގާފައެވެ. އެގޮތުން މިއަދު އެކުންފުނީގައި ބޭއްވި ކުޑަ ހަފުލާއެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވަނީ ކުންފުނީގެ އެންމެހާ މުވައްޒަފުންނަށާއި ފާއިތުވެ ދިޔަ ހަތަރު އަހަރު ދުވަހު އެ ކުންފުނީގެ އެއާޕޯޓްތަކުން ހިދުމަތް ހޯދި އެންމެހާ ފަސިންޖަރުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކޮށްފައެވެ.
އާރްއޭސީއެލް އަކީ ޖެނުއަރީ 11، 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
ކޮމެންޓް