އިލެކްޝަން ކޮމިޝަން
އީސީން ބުނެފައި ވަނީ ވަގު ފޯމު ހުށަހަޅައިގެން އެމްޑީޕީ މެންބަރުން އެހެން ޕާޓީތަކަށް ބަދަލު ކުރަން އުޅޭ މައްސަލަ ހޫނުވެ އެ ޕާޓީން މިއަދު އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރި ފަހުންނެވެ.
އީސީން ނެރުނު ބަޔާނުގައި ބުނީ ޒިޔާދަށް ނޭންގި ޕީއެންސީއަށް ރަޖިސްޓްރީކުރަން ފޯމު ހުށަހެޅިކަން އެ ކޮމިޝަންގެ ސަމާލުކަމަށް ގެނައުމުން، އެ ފޯމު ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ޕާޓީގެ މެންބަޝިޕް ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އީސީން ބުނެއެވެ. ޒިޔާދަށް އެނގިވަޑައިގަތުމެއް ނެތި ޕީއެންސީއަށް ރަޖިސްޓްރީކުރަން ފޯމު ހުށަހަޅާފައި ވާތީ އެކަމުގެ ޒިންމާވާ މީހުންގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މި ފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނެ ފަދައިން އިދާރީ އަދި ގާނޫނީ އިންތިޒާމުތައް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އީސީން ބުނެއެވެ.
ކޮމެންޓް