އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ލީޑަރޝިޕްގެ ބޭފުޅުންތަކެއް ޕާޓީން ވަކިވި ނަމަވެސް ޑިމޮކްރެޓްސް ފެއިލްވާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑު ވަނީ ޚަރާބުވެފައި ކަމަށާއި އެކަން ބަދަލުކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއްގައި އެޕާޓީން ދެމި އޮންނާނެ ކަމުގެ ޔަޤީންކަންވެސް ވައްޑެ ވަނީ ދެއްވާފައެވެ.
ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ވަރަށް ޚިދުމަތްތެރި ބޭފުޅުން ކަމަށް ޑިމޮކްރެޓުން ހާމަކޮށްފައިވާއިރު ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފާއި، އެޕާޓީގެ ނައިބުރައީސްއަކަށް ހުންނެވި ޝިފާޒް އިއްޔެ އެޕާޓީން ވަކިވެ ވަޑައިގެން، މިއަދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން އިއުލާނުކުރައްވާފައެވެ. އަދި އެޕާޓީގެ ކުރީގެ ޕީޖީ ލީޑަރ ޢަލީ އާޒިމާއި ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޙުސެއިން ޢަމްރުވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ކޮމެންޓް