ރަޖުނީ ގަވައިދާ ހިލާފަށް ފްލެޓްއެއް ނުހޯދާ : ފުލުހުން

ރަޖުނީ

ވިނަރެސް ފްލެޓެއް ގަތުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ގޯހެއް ހަދާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ހެޑް އޮފް އިކޮނޮމިކް ކްރައިމްގެ މަގާމު އަދާކުރައްވަމުން ގެންދެވި ރަޖުނީ ޝުއައިބް، އުސޫލާ ހިލާފަށް ވިނަރެސްގެ ފްލެޓެއް ހޯދި ކަމަށް ބުނެ ފެތުރި މައުލޫމާތުތަކާ ގުޅިގެން ފުލުހުން އެ މައްސަލަ ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މައްސަލަ ބެލުމަށްފަހު އަލުން އެ ޒިންމާ ހަވާލުކުރި ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.

ރަޖުނީގެ ފްލެޓެއްގެ މައްސަލަ ފެންމަތިވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ފުލުހުންގެ އިދާރާ އިން ޖިނާއީ ބޮޑު ތަހުގީގެއް ފެށުމާ އެކު އެވެ.

ރަޖުނީގެ މައްސަލަ ފެންމަތިވުމާ އެކު އޭނާ އޭރު އަދާކުރައްވަމުން ގެންދެވި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުން ވަގުތީ ގޮތުން ދުރުކުރީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ނުވަތަ އިތުބާރު ހިފެހެއްޓުމަށް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

"[މިއީ] އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެކެވެ،" ފުލުހުން އޭރު ބުނެފައިވެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.