މީގެ ކުރިން ހިނގައިފާވާ އެކްދިޑެންޓް އެއް ގެ ފޮޓޮއެއް
ހުޅުމާލޭގެ ނިރޮޅުމަގުން ކަފި ހުރަސް ކުރި އަންހެނެއް ގައިގާ ޖެހި އެކްސިޑެންޓްއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ރިޕޯޓްކޮށްފައި ވަނީ އިއްޔަ ހަވީރު 5:05 ގައި ކަމަށެވެ.
އެމީހާ ޑޮކްޓަރަށް ދެއްކުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓް ހިނގައިގެން އުޅުނު ވަގުތުގެ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، އެ އަނހެން މީހާ މަގު މެދުގައި ވެއްޓިފައި އޮންނަތަން ފެނެއެވެ. އަދި އެ ސަރަހއްދަށް ފުލުހުންނާއި އާންމު އެއްވެ ތިބޭ މަންޒަރު ވެސް ފެނެއެވެ.
ކޮމެންޓް