އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބުމުގައި ހުރި ދަތިތަކަށް އިސްލާހެއް ހުށަހަޅަނީ

ރައީސުލްޖުމްހޫރިއްޔާ

ރޯދަ އިނާޔަތް ލިބުމުގައި ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުގައި ސަރުކާރުން އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ. ވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިނާޔަތަށް މުސާރައިގެ ހައިސިއްޔަތު ދީ ރޯދަ އިނާޔަތް ލިބުމުގައި ހުރި ހުރަސްތައް ނައްތާލަން ސަރުކާރުން ވީ ވައުދު ފުއްދުމަށްޓަކައި މަޖިލީހުގެ މި ފެށޭ ދައުރުގެ ފުރަތަމަ ހަފްތާގައި ވަޒީފާ އާ ބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މިހާރު އެ ލިބޭ އެލަވަންސަށް މުސާރައިގެ ސްޓޭޓަސް ދެނީ، އެލަވަންސް ބޮޑުކުރާ ވާހަކައެއް ނޫން، އެލަވަންސެއް ގޮތުގަ އޮވެގެންނެއް ރޯދަ މަހުގެ އިނާޔަތެއް ނުދޭ މިހާތަނަށް އައިއިރުގަ، ބޭންކަކުން ލޯނެއް ނުނެގޭ، ވިހެއުމުގެ ޗުއްޓީއެއް ނުލިބޭ، މިކަހަލަ އެއްވެސް ކަމެއް ނުވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ އިސް މަގާމުތަކުގައި އަންހެނުންނަށް ޖާގަ ދީ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.