އަހުމަދު އަދީބު
"އިންޑިއާ އައުޓް" ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަރުކަށި ސިޔާސަތެއް ކަމަށް އަހުމަދު އަދީބު ރޭގަ ވިދާޅުވެއްޖެ އެވެ.
އިންޑިއާ އައުޓް ކެމްޕޭނަކީ ނަފްރަތު އުފެއްދުމަށް ޔާމީން ފެއްޓެވި ކެމްޕޭނެއް ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައިވާކަން އަދީބު ފާހަގަކުރެއްވި އެވެ. އެކްސް ގައި ރީޕޯސްޓް ކުރައްވާ އަދީބު ވަނީ ހަގީގަތް ހާމަކޮށްދެއްވީތީ މިނިސްޓަރު ހަލީލަށް ޝުކުރު އަދާކުރައްވާފަ އެވެ.
https://x.com/ahmed_adeeb/status/1875599568227987551?s=46&t=TXuSpvTAejR0Lr_pGUMnWg
"އިންޑިއާގެ މީޑިއާތަކަށް ފާހަގަކޮށްދިން ފަދައިން 'އިންޑިއާ އައުޓް' ކެމްޕޭނަކީ ކުރީގެ ރައީސް ޔާމީންގެ އިންޑިއާ ދެކޮޅަށް ނަފްރަތު އިތުރު ކުރުމުގެ ވިސްނުމާއެކު އެމަނިކުފާނު ފެއްޓެވި ކެމްޕޭނެއް" އެ ކެމްޕޭނަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމެއްކަމަށް އަދީބުވެސް ވިދާޅުވި އެވެ.
ވިއޯންއަށް ދެއްވި އިންޓަވިއުގައި ހަލީލް ވިދާޅުވީ އިންޑިއާއާ އެ ގައުމުގެ ރައްޔިތުންނާ އެކު އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށެވެ.
ކޮމެންޓް