މާލޭގެ މަގުތަކުގައި ހުރި ގްރެފިޓީތައް ފުހެނީ
މާލޭގެ މަގުތަކުގައި ކުރަހާފައި ހުރި އިޖްތިމާއީ މިންގަނޑާ ހިލާފު ގްރެފިޓީތައް ފުހުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ތަފާތު ރަމްޒުތަކާއި އެކިއެކި ގުރޫޕްތަކަށް ނިސްބަތްވާ ލޯގޯތަކާއި ކުރެހުންތައް ހިމެނޭގޮތަށް މަގުތަކާއި ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ
ފާހަގަކޮށްލެވޭ ގޮތުގައި ފާރުތަކުގައި މިފަދައިން އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ކުރެހުންތަކާއި ނިޝާންތައް ހުރުމަކީ ޖިނާއީ ކުށަށް މަގުފަހިވުމަށް ފުރުސަތު އިތުރުވެ ހާއްސަކޮށް ކުޑަކުދިންވެސް ކުށުގެ ވެއްޓަށް ވަނުމަށް މަގުފަހިވާ ކަމެކެވެ.
މިފަދަ ކުރެހުންތައް ބެހެއްޓުމަކީ އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފުވުމުގެ ގާނޫނުންވެސް މަނާކޮށްފައިވާ ކަމެއް ކަމަށްވާއިރު، މީގެކުރިންވެސް ފުލުހުން ވަނީ މި ތަކެތި ނައްތާލުމުގެ މަސައްކަތް ކޮށްފައެވެ.
ކޮމެންޓް