މިހާރު ކަސްޓަމަރުންނަށް ފައިސާ ދެއްކުނީ ކޮން ބިލަކަށްކަން އިނގޭނެ : އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ އޮންލައިން ހިދުމަތްތަކަށް ގެނައި ހެޔޮ ބަދަލުތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ނުވަތަ އީ-ޕޯޓަލްއަށް އާ ބަދަލުތަކެއް ގެނެސް، އިތުރަށް ތަރައްގީކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ އޮންލައިން ހިދުމަތްތަކަށް ގެނައި ހެޔޮ ބަދަލުތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ ޖެނެރަލް އައިސީޓީ މެނޭޖަރު އަހުމަދު އުނައިސް ވިދާޅުވީ މީގެކުރިން ކަސްޓަމަރުންނަށް ފައިސާ ދެއްކުނީ ކޮން ބިލަކަށްކަމެއް ނޭނގޭނެ ކަމަށާއި މި ކަމުގެ ސަބަބުން ކަސްޓަރަމަރުންނަށް ދަތި ތަކާ ދިމާވަމުން ދިޔަކަމަށެވެ.

ނަމަވެސް މިހާރު މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް ފައިސާ ދެއްކުނީ ކޮން ބިލަކަށްކަން ފަސޭހަ ކަމާއެކުނ ޕޯޓަލުން ބަލާލެވޭނެ ކަމަށާއި، މިއާއެކު ކަސްޓަމަރުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޕާޓް ޕޭމެންޓު އިސްޓޯލްމެންޓު އެގްރިމެންޓު ހަދާފައިވާ ކަސްޓަމަރުންނަށް މިހާރު ޕޯޓަލް މެދުވެރިކޮށް އިސްޓޯލްމެންޓަށް ވަކި ވަކިން ފައިސާ ދެއްކޭނެ ކަމަށްވެެސް އުނައިސް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ މި އަހަރަކީ ކުންފުންޏަށް އެންމެ ހެޔޮ ބަދަލެއް ގެނެވުނު އެއް އަހަރު ކަމަށާއި މި އަހަރު 23 ހާސް ކަސްޓަމަރުންނަށް މާލޭގެ އެމްޑަބްލިއުއެސްސީ ކައުންޓަރުން ތަކުން ހިދުމަތް ދެވިފައިވާ ކަމަށެވެ. އަދި 80 ހާހަށް ވުރެ ގިނަ ކަސްޓަމަރުންނަށް ކޯލް ސެންޓަރުތައް މެދުވެރިކޮށް ހިދުމަތް ދެވުނު ކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ ޕޯޓަލަށް ގެނެވުނު މި ހެޔޮ ބަދަލާއެކު ކޯލް ސެންޓަރަށް އަންނަ ކޯލްތައްވެސް މަދުވެގެން ދާނެ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.