ބޭރުގައި އުޅެވޭހާ ތަނަވަސްކަން މޫކޭއަށް ލިބިފައިވޭ: ޕޮލިސް

މޫކޭ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކް (މޫކޭ)، ރާއްޖޭގައި ބޭރުގައި ދިގު މުއްދަތަކަށް އުޅެވޭ ވަރުގެ ތަނަވަސްކަން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިމައުލޫމާތު ހާމަވެފައިވަނީ މޫކޭގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ހޯދުމަށް ފުލުހުން ކޯޓަށް ދިން މައުލޫމާތަށް ބިނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުންނެވެ.

ފުލުހުން ކޯޓަށް ދިން މައުލޫމާތުގައި ބުނެފައިވަނީ މޫކޭއަށް އެވަރުގެ ތަނަވަސްކަން ލިބިފައިވާތީ އޭނާ ފުރައިގެން ދިއުމަށް ފުރުސަތު ދީފިނަމަ ހެކި ހޯދަން ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.

މޫކޭގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށް ހެއްކެއްގެ ގޮތުގައި ފުލުހުންގެ އިދާރާއިން ކޯޓަށް ހުށަަހަޅާފައި އޮތީ އިންޓެލިޖެންސް ރިޕޯޓެއް އެކަންޏެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އާރްޑީސީގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ ތަހުގީގާ ގުޅިގެން މޫކޭގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ފުލުހުން ވަނީ ކުއްލި ގޮތަކަށް މޫކޭ އާއި ޔާސިރު ދިރިއުޅޭ އަދި އެ މީހުންނާ ގުޅުންހުރި ތިން ތަނަކަށް ވަދެ ބަލައި ފާސްކޮށްފަ އެވެ. އަދި އެ މީހުންގެ އިލެކްޓްރޯނިކް ވަސީލަތްތައްވެސް ވަނީ ހިފަހައްޓާފަ އެވެ. އާރްޑީސީގެ ހިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.