ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި

މޫސާ ރިމްޒީ

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާގެ ދަރިފުޅު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ޒަކިއްޔާގެ ދަރިފުޅު -- ނ. ހޮޅުދޫ، ނިއުލައިފް، މޫސާ ރިމްޒީ (30 އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރިމްޒީ ހައްޔަރުކުރީ ހޮޅުދޫގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީ ހިންގުމުގެ ތުހުމަތުގައެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރުން ކަމަށް ބުނުން ފިޔަވާ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެކަމަކު ރިމްޒީ ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައިވާ އޭނާ ހައްޔަރު ކުރީ ނ. ހޮޅުދޫ، އަންދަލީބުގެ، އަހްމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައިގައި ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުން އަދިވެސް ތަހުގީގު ކުރަމުންދާއިރު ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެއްވެސް މީހަަކަށް ތުހުމަތު ކުރެވި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. އެހެންވެ އެ ރަށުގައި މިހާރު ގެންދަނީ ދޭތެރެދޭތެރެއިން ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ކަމަށް ބުނެ އިހްތިޖާޖުވެސް ކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.