ފެނަކަ
ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރަކަށް ސިފައިންގޭގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު ނަޖާހު ޕީސީބީން މިއަދު އައްޔަން ކޮށްފި އެވެ.
ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހ. ޔެލޯ ރޯޒް ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ. ނަޖާހު ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.
ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހް އައްޔަން ކުރެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 28 އިން ފެށިގެން އެ މަގާމު ފުރުއްވި މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
ކޮމެންޓް